logo
banner image

އާންމު ދަތުރުފަތުރުގެ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރ އެމް.ޓީ.ސީ.ސީގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

އިޤްތިޞާދީ ތަރައްޤީއާއި، ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ. 

މި ބައްދަލުވުމަކީ ދެ ފަރާތް ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރުމަށް ކޮންމެ ހަފުތާއަކު ބާއްވަމުންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ރާއްޖޭގެ އާންމު ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުންނެވެ. އެގޮތުން "މާލެ ޓެކްސީ ލައިން" އުފެއްދުމަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން، އާރް.ޓީ.އެލް ފެރީ އަދި ބަހުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.