logo
banner image

ފުނަދޫ ދާއިރާގެ މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ވަޒީރު އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގެ ށ. ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙްއާއި ބައްދަލުކުރައްވައިފިއެވެ.

މި ވުޒާރަގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ށ. ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙްގެ އިތުރުން ށ. ފުނަދޫ ކައުންސިލްގެ އިންތިޚާބީ ރައީސް މުޙައްމަދު އާދިލްވެސް ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުކުރެއްވުމުގައި ރަށުގެ މަސްވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހިއްސާކޮށްފައިވެއެވެ. އަދި ރަށުގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލުތައް ހޯދައިދިނުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.

މީގެއިތުރުން ފުނަދޫ ދާއިރާގެ މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.