logo
banner image

ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކޮށް ފުޅާކުރުމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވައިފި

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ ޑައިރެކްޓަރ ޖެނެރަލް އަލްފާޟިލް ޢަލީ ޝިނާން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ޚާއްޞަ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންދަވައިފިއެވެ.

'މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް 2026'  ގައި ކުރިއަށް ގެންދިޔަ މި ސެޝަންގައި ޑައިރެކްޓަރ ޖެނެރަލް ޢަލީ ޝިނާން ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް މިހާރަށްވުރެ ބޮޑަށް ސިންދަފާތުކޮށް  އިތުރަށް ފުޅާކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ވަކިން ޚާއްޞަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި ސިނާޢަތް ކުރިއަށް ގެންދިއުމަށްޓަކައި ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.

މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ ހަރުދަނާކަން އިތުރުކުރުމަށްޓަކައި "ވެލިއު ޗެއިން" ފުޅާކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި ތަފްޞީލީ މަޢުލޫމާތު ދެއްވިއެވެ.