logo
banner image

ށ.ފުނަދޫ އިރު އުތުރުން 11.5 މޭލު ބޭރުގައި މިއަދު ދޮށީ ކަނދުފަތި އަޅައިފި

ށ.ފުނަދޫ އިރު އުތުރުން 11.5 މޭލު ބޭރުގައި މިއަދު ދޮށީ ކަނދުފަތި އަޅައިފިއެވެ.

މި ދޮށީ ކަނދުފަތީގެ ނަންބަރަކީ D09D01 އެވެ.

މި ދޮށީ ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ:

6°12.500’N

28.500 73°’E

މި ދޮށީ ކަނދުފަތި ޤާއިމްކުރުމުގެ ސަބަބުން އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރާދާނެއެވެ. މި ދޮށީ ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.

ކަނދުފަތި ޤާއިމްކުރުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރަމުން ގެންދާ މުހިންމު މަސައްކަތެކެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކަނދުފަތި ޤާއިމްކުރުމުގެ މަސައްކަތް މި ވުޒާރާއިން އަންނަނީ ކުރަމުންނެވެ.