މާލޭގައި 1 އަހަރަށްވުރެ ކުރު މުއްދަތަކަށް ރަށްވެހިވެފައިވާ ފަރާތްތަކަށް އެޕްލައިކުރެވޭގޮތަށް ފޯމަށް ބަދަލުގެނެސްފި
މާލޭގައި 1 އަހަރަށްވުރެ ކުރު މުއްދަތައް ރަށްވެހިވެފައިވާ ފަރާތްކުން މާލޭގައި 15 އަހަރަށްވުރެ ގިނަ ދުވަހު އުޅެފައިވާ މީހުންގެ ކެޓަގަރީއަށް ޝަރުތުފުރިހަމަވާނަމަ، އެޕްލައިކުރެވޭ ގޮތް ހެދުމަށްޓަކައި 3 ފޯމަކަށް ބަދަލު ގެނެސްފިއެވެ.
ބަދަލު ގެނެސްފައިވާ ފޯމުތައް:
• އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމްގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ ސްކީމް
• އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމްގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ ސްކީމް
• "ގޯތިގެދޮރު" ޕުރޮގުރާމުގެ ދަށުން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ ސްކީމް
މި ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާއިރު، މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ ފަރާތެއްކަން އެނގޭނެ ލިޔެކިޔުމުގެ އިތުރުން މާލޭގައި ރަށްވެހިވި ތާރީޚް އެނގޭނެ ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ.
