logo
banner image

އެންސްޕާގެ ސީއީއޯއަކަށް ޝިރުނާ އައްޔަނުކުރައްވައިފި

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް އާމިނަތު ޝިރުނާ އައްޔަން ކުރައްވައިފިއެވެ.

އައިޝަތު ޝިރުނާ ކުރިން ހުންނެވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަޤާމުގައެވެ.

އެ މަޤާމުގައި ހުންނަވައި އައިޝަތު ޝިރުނާ ގެންދެވީ އެ މިނިސްޓްރީގެ ދަށުން ހިގަމުންދާ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ދަމަނަވެށި އަދި ނެޝަނަލް ބްލަޑް ކައުންސިލްގެ މަސައްކަތް ކުރައްވަމުނެވެ.

ޞިއްޙީ ދާއިރާގައި 23 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ އައިޝަތު ޝިރުނާ ވަނީ މިދާއިރާއިން 02 މާސްޓާސް ހާސިލްކުރައްވާފައެވެ.