logo
banner image

މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ބޭނުންވާ ރަށްތަކަށް އެ ފުރުސަތު ހުޅުވާލައިފި

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ އިހްތިފާލްތައް ބޭއްވުމަށް ބޭނުންވާ ރަށްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މަސްވެރިންގެ ދުވަސް ފާހަގަ ކުރަނީ ރާއްޖޭގެ މަސްވެރިންގެ އަގުވަޒަންކޮށް، މަސްވެރިންގެ މަސައްކަތްތަކަށް ތަރުޙީބުދިނުމުގެ މަގްސަދުގައެވެ.

އެހެންވީމާ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭނުންވާ ރަށްރަށުން އެކަމަށް އެދޭ ފޯމު 31 މެއި 2026 ވާ އާދިއްތަ ދުވަހުގެ 12:00 ކުރިން މިނިސްޓްރީ އޮފް ފިޝަރީސް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަށް ގަވަރމަންޓް އީ ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) މެދުވެރިކޮށް ހުށަހަޅަންޖެހެއެވެ.

މަސްވެރިންގެ ދުވަހުގެ ރަސްމީ، އިޙްތިފާލްތައް ބޭއްވުމަށް އެދި ހުށަހަޅާ ފޯމް އާއިގުޅިގެން، އެއްވެސް، މަޢުލޫމާތެއް ސާފުކުރަން ބޭނުން ނަމަ މިނިސްޓްރީއާއި (3339274) ގުޅައިގެން ކުރިއަށްގެންދިއުން އެދެމެވެ.