logo
banner image

ބަޔޯޕެސްޓިސައިޑް ތައްޔާރުކުރުމަށް ބޭނުންކުރާ ވަރަށް ގިނަ ބާވަތްތައް ރާއްޖޭން ލިބެން ހުރެއެވެ. އަދި މިގޮތަށް ބޭސް ތައްޔާރު ކުރުމުން ގަސްހެއްދުމަށް ހިނގާ ޚަރަދު ކުޑަވުމުގެ އިތުރުން ސިއްހަތަށް ރައްކާތެރި ގޮތެއްގައިކާބޯތަކެތި އުފެއްދުމާއި، ދަނޑުތަކާއި ބަގީޗާތައްފަދަ ތަންތަން ގެންގުޅުމަށް މަގުފަހިވެގެންދެއެވެ. މިފަދަ ބޭސްތައް ހިއްސާކުރުމުގެ ގޮތުން މިބަލާލަނީ ވަރަށް ފަސޭހަކަމާއެކު ތައްޔާރުކޮށްލެވޭނެ މުގުރި އިނގުރު ބޭހަށެވެ.

ބޭނުންވާ ތަކެތި:

58 ގުރާމް ލޮނުމެދު (ވަރަށް ކުދިކުދިކޮށް ކޮށާފައި)

50 މިލިލީޓަރ ތެޔޮ (ކަރާސީނު ނުވަތަ ކުކިން އޮއިލް)

10 މިލިލީޓަރ ދިޔާސައިބޯނި

950 މިލިލީޓަރ ފެން

ބޭސް ތައްޔާރުކުރާނެ ގޮތް:

ތެލުގެ ތެރެއަށް ކުދިކޮށް ކޮށާފައިހުރި ލޮނުމެދު އަޅާފައި 24 ގަޑިއިރު ބަހައްޓާލާށެވެ. އެއަށްފަހު މީގެތެރެއަށް ފެނާއި ދިޔާސައިބޯނި އަޅާ ގިރާލާށެވެ.

ބޭސް ބޭނުންކުރާނެ ގޮތް:

ތައްޔާރުކޮށްފައިވާ ބޭހުގެ 50 މިލިލީޓަރަށް 950 މިލިލީޓަރުގެ ފެން އަޅައިގެން ސްޕްރޭކުރާށެވެ. (ނުވަތަ 1 މަތިގަނޑު ބޭހާއި 19 މަތިގަނޑު ފެން އެއްކުރާށެވެ.)

މިބޭހުން ކޮންޓްރޯލްކުރެވޭނީ:

އެމެރިކަން ބޮލްވޯމް،

އާރމީ ވޯމް،

ރޫޓްނޮޓް ނެމަޓޯޑް،

އެންތްރެކްނޯސް،

ޑައުނީ މިލްޑިއު

ބެކްޓީރިއާގެ ބަލިތައް.

ނޯޓް: ބޭސް ޖެހުމުގެ ކުރިން ބޭސްޖަހާ ގަހުގައި ދޮންވެފައިވާ މޭވާ ނުވަތަ ތަރުކާރީ ހުރިނަމަ ކަނޑަންވާނެއެވެ.