logo
banner image

މިނިސްޓަރ މުއްޠަލިބް މާލޭގައި ކުރިއަށްދާ މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފި

‏މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ, ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓް ޑރ. ޢަބްދުالله މުއްޠަލިބް މާލޭގައި ކުރިއަށްދާ ބައެއް ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފިއެވެ.

އެގޮތުން މިނިސްޓަރ ވަނީ ރަސްފަންނާއި ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އިތުރުން ޖުމްހޫރީ މައިދާން ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.

‏މިނިސްޓަރގެ އަރިހުގައި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޠީމް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)ގެ ސީނިއަރ ޖެނެރަލް މެނޭޖަރ އަޙްމަދު ލަތީފް އަދި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް ޠަޢާމް މުޙައްމަދު އާއި މިނިސްޓްރީގެ ޕްރޮޖެކްޓްސް ޓީމުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.