ކުރުނބާ މޯލްޑިވްސްގައި ބޭއްވުނު "ހޮޓެލިއަރ މޯލްޑިވްސް އެވޯޑްސް 2026" މިނިސްޓަރ ސަޢީދު ޝަރަފުވެރިކޮށްދެއްވައިފި
ކުރުނބާ މޯލްޑިވްސްގައި ބޭއްވުނު "ހޮޓެލިއަރ މޯލްޑިވްސް އެވޯޑްސް 2026" މިނިސްޓަރު މުޙައްމަދު ސަޢީދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި ޙަފުލާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތަކެއް ދެމުންދާ ވަކިވަކި ފަރުދުންނާއި ޓީމުތަކުގެ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވުނު ރަސްމިއްޔާތެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރަށްތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް، އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދީ، އަދި ރަށްރަށުގެ އަމިއްލަ ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދީގެން، ފަތުރުވެރިކަމުގެ މަންފާ ހުރިހާ އަތޮޅުތަކަށް ފުޅާކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.
