logo
banner image

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމަށް، އަލްފާޟިލް މުހައްމަދު އަފީފު އައްޔަންކޮށްފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމަށް، އަލްފާޟިލް މުހައްމަދު އަފީފު އައްޔަންކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް އިން ވަނީ، (ޕީ.ސީ.ބީ) އިން މިއަދު ވަނީފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑް މެންބަރު ކަމުގެ މަޤާމަށާއި މެނޭޖިންގ ޑިރެކްޓަރު މަޤާމަށް، މއ. ވޭވްސައިޑް 304 ފްލެޓް، އަލްފާޟިލް މުހައްމަދު އަފީ މިއަދުން ފެށިގެން އައްޔަންކޮށްފައިވާކަން ހާމަކޮށްފައެވެ.

އަފީފަކީ އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންދިއުމާއި، މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

އެގޮތުން މަސައްކަތުގެ ދާއިރާއަށް އަފީފު އެންމެ ފުރަތަމަ ވެދެވަޑައިގެންނެވީ، ފެނާއި ނަރުދަމާގެ ޚިދުމަތުގެ ތެރެއިންނެވެ.

އޭގެ ފަހުން ކަރަންޓުގެ ޚިދުމަތާއި އާންމު މަސައްކަތްތަކުގެ ދާއިރާއިން ކުރިއަށް ވަޑައިގެން، ރާއްޖޭގެ މުހިންމު އުމްރާނީ ވަސީލަތްތައް ތަރައްޤީކޮށް ބެލެހެއްޓުމުގައި އޭނާ ވަނީ އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ.

މުޙައްމަދު އަފީފް ހުސައިން އަކީ، ޝަރީޢާގެ ދާއިރާއިން މާސްޓާސް ޑިގްރީވެސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރަށް، އޭނާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކުރައްވާފައެވެ. އަފީފަކީ 'ބެލެންސްޑް ސްކޯކާޑް' އަދި 'ރިސްކް މެނޭޖްމަންޓް' ގެ ދާއިރާއިން ފަންނީ ސަނަދު ހާސިލުކުރައްވާފައިވާ، އިދާރީ ހިންގުމާއި، އިސްތިރާޖީ ކުރިއެރުމާއި، މުއައްސަސާތައް ބެލެހެއްޓުމުގެ ދާއިރާއިން ތަޢުލީކު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ދައުލަތަށް ޚިދުމަތް ކުރެއްވުމުގައި 40 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ޢަފީފް ވަނީ، އުމްރާނީ ތަރައްޤީއާއި، އަސާސީ ޚިދުމަތްތަކާއި، ސަރުކާރުގެ އިދާރީ ހިންގުމުގެ ދާއިރާތަކުން ފާހަގަކޮށްލެވޭ ފަދަ ތަޖުރިބާތަކެއް ހާސިލުކުރައްވާފައެވެ.

އަފީފު އެންމެ ފަހުން އަދާކުރެއްވީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ ޗެއާމަންގެ މަޤާމުގައެވެ. އަދި އޭގެ ކުރިން އޭނާ ވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން ކަމާއި، ސަރަޙައްދީ އެކި ކުންފުނިތަކުގެ ބޯޑު މެންބަރުކަންވެސް ފުރުއްވާފައެވެ.