logo
banner image
ދިފާޢީ ވުޒާރާ

ކާރިޘާތަކުގައި ބޭނުންކުރުމަށް ޖަޕާނުން ރާއްޖެއަށް ބައެއް ސާމާނު ހަދިޔާކޮށްފި

ކާރިޘާތަކުގައި ބޭނުންކުރުމަށް ޖަޕާން ސަރުކާރުގެ "އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް"ގެ ދަށުން ދިވެހިރާއްޖެއަށް ބައެއް ސާމާނު ހަދިޔާކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެ ތަކެތި ރާއްޖެއަށް ހަދިޔާ ކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިޝިގާމީ ރޫމީކޯ އެވެ. އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ސީއީއޯ ހިސާން ޙަސަނެވެ.

މި އެހީގެ ސަބަބުން ޤުދުރަތީ ކާރިޘާތަކާއި އަލިފާނުގެ ހާދިސާތަކުން ލިބޭ ގެއްލުންތަކުން ރައްކާތެރިވާން އަތޮޅުތެރޭގެ ރަށްރަށުގައި ކުރާ މަސައްކަތްތަކަށް އިތުރު ފުރިހަމަ ކަމެއް ލިބި، ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމަށް މަގުފަހިވެގެން ދާނެއެވެ.

މި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް، ޢާއިޝަތު ޞަފޫރާވެސް ބައިވެރިވެވަޑައިގެންނެވިއެވެ.