ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު"
މި ލިއުމުގެ މި ގެނެސްދެނީ، "ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު" އެވެ.
މި ލިއުމުގައި ގެނެސްދޭނީ މި ގަވާއިދުގެ މާއްދާތައް ވަކިވަކިންނެވެ.
އެގޮތުން މި ލިއުމުގައި މި ހިމަނާލަނީ މި ގަވާއިދުގެ ދެވަނަ ބާބު "ދިރިއުޅުމަށް ދޫކުރާ ގޯތިތަކުގެ ޕްލޭނިންގ އާއި އިމާރާތްކުރުން" ގެ މާއްދާތަކެވެ.
"ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު، އިމާރާތް ފަރުމާކުރުން (ތިންވަނަ ބާބު) ގެ މާއްދާތަކެވެ.
ޖީޕޮންގެ ޚިދުމަތް 20.
(ހ) ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ގޯތިތަކުގައި އިމާރާތްކޮށް ނިމޭއިރު އެޗް.ޑީ.ސީގެ ވެބްސައިޓުގައި ޝާއިޢުކުރެވިފައިވާ "އިންބިލްޑިންގ ކޭބްލިންގ ގައިޑްލައިންސް" އާ އެއްގޮތަށް ޖީޕޮން ފައިބަރ ކޭބްލިންގ ސިސްޓަމަށް މަދުވެގެން 200x400 (ދުއިސައްތަ ގުނަ ހަތަރުސަތޭކަ) މިލިމީޓަރުގެ ޑަކްޓެއް، ކޮންމެ ފަންގިފިލާއެއްގައި ހިމެނިފައި ހުންނަންވާނެއެވެ. މި ޑަކްޓް ބޭނުންކުރެވޭނީ އިމާރާތަށް ޖީޕޮން ނެޓްވަރކް ގާއިމުކުރުމަށް ޓަކައެވެ.
(ށ) އިމާރާތްތަކުގައި އޮޕްޓިކަލް ނެޓްވޯކް ޓަރމިނަލް (އޯ.އެން.ޓީ) ޕްރޮވިޝަން ލުމަށް މި ޖާގަ އިމާރާތުގެ ބައިތަކުގައި ހިމެނިދާނެއެވެ. އަދި މިގޮތަށް ޕްރޮވިޝަން ދޭންވާނީ 220 (ދުއިސައްތަ ވިހި) ވޯލްޓޭޖްގެ އޭސީ ޕަވަރ ސޮކެޓަކާއެކު އޯ.އެން.ޓީ ޓަރމިނަލުގެ އުސްމިނުގައި "12، (ބާރަ އިންޗި) ފުޅާމިނުގައި "15 (ފަނަރަ އިންޗި) އަދި ފުންމިނުގައި "4 (ހަތަރެއް އިންޗި) ހުންނަ ޖާގައެކެވެ.
