ގްލޯބަލް ސީފުޑް މާކެޓްޕްލޭސް ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ
ދުނިޔޭގެ ކަނޑުމަހުގެ އުފެއްދުންތަކުގެ އެންމެ، ބޮޑު މައުރަޒު ކަމަށްވާ "ގްލޯބަލް ސީފުޑް މާކެޓްޕްލޭސް ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި މަހުގެ 21 އިން 23 އަށް ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދިޔަ މި ފެއަގައި މޯލްޑިވްސް ފިޝަރީޒް އެންޑް، އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕރޭޝަނާއި ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ބައެއް ކުންފުނިތައް ބައިވެރިވިއެވެ. އޭގެތެރޭގައި ހޮރައިޒަން ފިޝަރީޒް އެންސިސް: (ފިޝަރީޒް، ބްލޫ ސޯލްޓްވޯޓަރ އަދި ބިގްފިޝް މޯލްޑިވްސް ހިމެނެއެވެ.
ދުނިޔޭގެ ކަނޑުމަހުގެ އުފެއްދުންތަކުގެ އެންމެ، ބޮޑު މި މައުރަޒަކީ، "ދުނިޔޭގެ މަސްވެރިކަމުގެ ވިޔަފާރިތައް އެއްތަނަކަށް ޖަމާކޮށްދޭ، އަދި ދިވެހި އެކްސްޕޯޓަރުންނަށް، ބައިނަލްއަޤްވާމީ އިންވެސްޓަރުންނާއި، މަސް ގަނެ ވިއްކާ ފަރާތްތަކާ ބައްދަލުކުރުމަށް ލިބުނު ރަނގަޅު ފުރުޞަތެކެވެ.
މި މައުރަޒުގެ ތެރެއިން ފްރޮމް މޯލްޑިވްސް "ޓު ދަ ވޯލްޑް" ގެ ނަމުގައި ދިވެހިރާއްޖެއިން ވަނީ ޚާއްޞަ ޕެނަލް ޑިސްކަޝާންއެއް ބާއްވާފައެވެ. މި ޕެނަލް ޑިސްކަޝަންގައި މަސްވެރިކަމާއި ކަނޑުގެ ވަސލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިއާމް އާއި މޮންޓެރޭ ބޭ އެކުއޭރިއަމްގެ ޕޮލިސީ އެންޑް- ސްޓޭކްހޯލްޑަރ- އެންގޭޖްމަންޓް. ޑައިރެކްޓަރ ޖޯޝް މަ މަޑެއިރާގެ އިތުރުން މިފްކޯގެ ސްޓްރެޓީޖިކް ކޮންސަލްޓަންޓް އާތިފް ޝަކޫރު ބައިވެރިވެވަޑައިގެންނެވި އެވެ.
މި މަޝްވަރާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެމެހެއްޖެނިވި އުސޫލުތަކުގެ. ސަބަބުން، މަސްވެރިކަމުގެ ސިޔާއަތަށް ލިބޭނެ ކުރިއެރުންތަކަށާއި، ޒިންމާދާރުކަމާއެކީ ކުރާ މަސްވެރިކަން ބަލައިގަނެ އެކަމަށް ހިތްވަރު ދިނުމުގެ މުހިންމުކަމުގެ މައްޗަށެވެ. މީގެ އިތުރުން، މޮންޓެރޭ ބޭ އެކުއޭރިއަމް ސީފުޑް ވޮޗްގެ އެންމެ ފަހުގެ އެސެސްމެންޓްތަކާއި ރޭޓިންތަކާ ގުޅޭގޮތުން ވެސް މި ސެޝަންގައި މަޝްވަރާކުރެވުނެވެ.
އެމެރިކާގެ މަސްވިއްކާ ކުންފުނިތަކުން އަދި އެހެނިހެން ފަރާތްތަކުން މަސް ގަތުމުގައި ރިޢާޔަތްކުރާ މޮންޓަރޭ ބޭ- އެކުއޭރިއަމްގެ. ސީފުޑް" "ވޮޗް ޕްރޮގްރާމުން، އެންމެ، ފަހުން މިއަހަރުގެ އޭޕްރިލްމަހު އާންމުކުރި މިންގަނޑުގައި، ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަށް ޚާއްޞަ ރޭޓިންއެއް ވަނީ ކަނޑައަޅާފައެވެ މިއީ ސީފުޑް. ވޮޗް ގެ ތާރީޚުގައި ވެސް ވަކި ގައުމަކަށް ޚާއްޞަކޮށްގެން ކަނޑުމަހުގެ މަސްވެރިކަމަށް، ރޭޓިންގްއެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ. މިއީ ދިވެހިރާއްޖެއާއި، ދުނިޔޭގެ ފެންވަރުގައި ދެމެހެއްޓެނިވި މަސްވެރިކަން ވަޒަންކުރުމުގައި ލިބުނު ތާރީހީ ކުރިއެރުމެކެވެ އިންޑިއަން އޯޝަން ޖޫނާ ކޮމިޝަންގެ ސައިންޓިފިކް ކޮމިޓީއިން: 2016 ވަނަ - އަހަރު ހެދި ސްޓޮކް- އެސެސްމެންޓުން، އިންޑިއާ ކަނޑުގެ ބޮޑުކަންނެލީގެ އާބާދީ ހީނަރުވެފައިވާ ކަމަށް ދެއްކުމާ ގުޅިގެން، މި ސްޓޮކުން ބާނާ އެއްވެސް މަހެއް ގަތުމަކީ ތިމާވެއްޓާ ބީރައްޖެހި ކަމެއްގެ ގޮތުގައި، ފާހަގަކޮށް، އެ ވިޔަފާރީގައި ބައިވެރި ނުވުމަށް 2017 "ވަނަ އަހަރު. ސީފުޑް" ވޮޗް" ޕްރޮގްރާމުން: ނެރުނު މިންގަނޑުގައި ވަނީ އިރުޝާދު، ދީފައެވެ ނަމަވެސް. އަލަށް- އާންމުކުރި
އިރުޝާދުތަކުގައި ރާއްޖޭގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމަކީ ދެމެހެއްޖެނިވި މަސްވެރިކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަދި އިންޑިއާ، ކަނޑުގެ އެކި ސަރަޙައްދުތަކުގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމުގެ ދެމެހެއްޓެނިވިކަމާ ގުޅޭ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، މުޅި މި ސަރަޙައްދުންވެސް ކަނޑުމަހުގެ ވިޔަފާރީގައި، އިޚްތިޔާރުކުރަން އެންމެ ރަނގަޅު ނުވަތަ ބެސްޓް ޗޮއިސް ގެ ގޮތުގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ވަނީ ރޭޓްކުރެވިފައެވެ. ރާއްޖެއަށް ޚާއްޞަކޮށް ދީފައިވާ މި ރޭޓިންގް އިން ރާއްޖޭގެ މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމުގެ ނިޒާމުގެ ހަރުދަނާކަމާއި، ތިމާވެއްޓާ "ރައްޓެހި ދޮށީގެ މަސްވެރިކަމުގެ އުސޫލުތައް ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގެންފައިވާކަން ހާމަވެއެވެ. މިއީ ސަރުކާރާއި މި ސިނާއަތުގެ ބައިވެރިން އަދި މަސްވެރިން ގުޅިގެން ގިނަ އަހަރުތަކެއް ވަންދެން ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާއެވެ.
މި ހަރަކާތުގައި ވާހަކަފުޅު، ދައްކަވަމުން، ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ ތިމާވެއްޓާ ރައްޓެހި، ދޮށީގެ: މަސްވެރިކަން ދެމެހެއްޓުމުގައި ލިބުނު ކާމިޔާބީގެ އަސާސަކީ ދިވެހިންގެ ސަގާފަތާއި ހަރުދަނާ ސިޔާސަތުތައް ކަމަށެވެ. ރާއްޖޭގެ ދެމެހެއްޓެނިވިގޮތަށް ކުރާ މަސްވެރިކަން ފާހަގަކުރައްވައި، ތިމާވެށްޓަށް ގެއްލުންދެނިވި މަސްވެރިކަމުގެ އުސޫލުތަކާ ގުޅިގެން މަސްވެރިކަމުގެ ޤާނޫނީ އޮނިގަނޑުގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކާއި، މަސްވެރިކަން މޮނިޓަރކޮށް ބެލެހެއްޓުމުގެ ނިޒާމުތަކަށް ކުރެވޭ އިންވެސްޓްމަންޓްތަކަށް ވަޒީރު އަލިއަޅުވާލެއްވިއެވެ.
