logo
banner image

"ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު"

މި ލިއުމުގެ މި ގެނެސްދެނީ، "ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު" އެވެ.

މި ލިއުމުގައި ގެނެސްދޭނީ މި ގަވާއިދުގެ މާއްދާތައް ވަކިވަކިންނެވެ.

އެގޮތުން މި ލިއުމުގައި މި ހިމަނާލަނީ މި ގަވާއިދުގެ ދެވަނަ ބާބު "ދިރިއުޅުމަށް ދޫކުރާ ގޯތިތަކުގެ ޕްލޭނިންގ އާއި އިމާރާތްކުރުން" ގެ މާއްދާތަކެވެ.

"ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު، އިމާރާތް ފަރުމާކުރުން (ތިންވަނަ ބާބު) ގެ މާއްދާތަކެވެ.

ބެލްކަނި، ސިޑި، ޓެރަސް (ރެއިލިންގ/ޕެރަޕެޓް) 15.

(ހ) އިމާރާތުގެ ބެލްކަންޏާއި ޓެރަހުގެ ރެއިލިންގ (ޗެންޗޭނުގެ) އަދި މިނޫންވެސް ޕެރަޕެޓް ގޮތުގައި ހުންނަ ފާރުގެ އުސްމިނަކީ ތަޅުމުން (ފިނިޝްޑް ފްލޯރ ލެވެލްއިން) ފެށިގެން 1.2 (އެކެއް ޕޮއިންޓު ދޭއް) މީޓަރެވެ. އަދި އިމާރާތުގައި ހަރުކުރެވޭ ރެއިލިންގ (ޗެންޗޭނުގެ) ނުވަތަ ފާރުގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާންވާނެއެވެ.

(1) ހަދައިފައި ހުންނަ ރެއިލިންގ ނުވަތަ ފާރު ހުންނަންވާނީ، އޭގެ އެއްވެސް ހުސްޖާގައަކުން ޑަޔަމީޓަރުގައި 0.125 (ސުމެއް ޕޮއިންޓު އެކެއް ދޭއް ފަހެއް) މީޓަރު ހުންނަވަރުގެ ބޯޅައެއް (ސްފިއަރ އެއް) ނުދާވަރަށެވެ.

(2) ހަދައިފައި ހުންނަ ރެއިލިންގ ނުވަތަ ރާނައިފައިވާ ފާރު ހުންނަންވާނީ، ހަރުގަނޑެއް ގޮތަށް ބޭނުން ނުކުރެވޭ ގޮތަށް، އަދި ސަލާމަތީގޮތުން ކުޑަކުދިންނަށް ރައްކާތެރި ގޮތަކަށެވެ.

(ށ) އެހެން ގޯއްޗެއްގެ އިމަށްވާގޮތަށް ބެލްކަންޏެއް ނުވަތަ ޓެރަހެއް ހަދާ ނަމަ، ތަޅުމުން (ފިނިޝްޑް ފްލޯރ ލެވެލްއިން) ފެށިގެން މަދުވެގެން 2 (ދޭއް) މީޓަރުގެ އުސް ފާރެއް ރާނަންވާނެއެވެ.

އިމާރާތުގައި ހިމެނޭ ސިޑި ޑިޒައިންކޮށް، ހަދައިފައި ހުންނަންވާނީ، އުސްމިނުގައި މަދުވެގެން 0.85 (ސުމެއް ޕޮއިންޓު އަށެއް ފަހެއް) މީޓަރު ހުންނަވަރުގެ ރެއިލިންގ (ޗެންޗޭނު) ނުވަތަ ފާރު ރާނާ ގޮތަށެވެ. އަދި އިމާރާތުގެ ދިރިއުޅޭ ބައިތަކަށް ވަނުމަށް ބޭނުންކުރާ ސިޑި (ކޮމަން (ނ) ސްޓެއަރ) ޑިޒައިންކޮށް، ހަދައިފައި ހުންނަންވާނީ ސަލާމަތީގޮތުން ކުޑަކުދިންނަށް ރައްކާތެރި ގޮތަށެވެ.