"ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު"
މި ލިއުމުގެ މި ގެނެސްދެނީ، "ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު" އެވެ.
މި ލިއުމުގައި ގެނެސްދޭނީ މި ގަވާއިދުގެ މާއްދާތައް ވަކިވަކިންނެވެ.
އެގޮތުން މި ލިއުމުގައި މި ހިމަނާލަނީ މި ގަވާއިދުގެ ދެވަނަ ބާބު "ދިރިއުޅުމަށް ދޫކުރާ ގޯތިތަކުގެ ޕްލޭނިންގ އާއި އިމާރާތްކުރުން" ގެ މާއްދާތަކެވެ.
"ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު، އިމާރާތް ފަރުމާކުރުން (ތިންވަނަ ބާބު) ގެ މާއްދާތަކެވެ.
މެޒަނިން ފްލޯރ 12.
(ހ) މެޒަނިންގ ލެވެލްއަކީ އިމާރާތުގެ ފަންގިފިލާގެ ތަޅުމާއި ސީލިންގާ ދެމެދުގައި ހަދާ އިތުރު ތަޅުމެކެވެ.
(ށ) މެޒަނިންގގެ ގޮތުގައި ހަދާ ފަންގިފިލާއެއް، މެޒަނިންގއާ ގުޅިފައިވާ ފަންގިފިލާގެ ތަޅުމުގެ (ފްލޯރ އޭރިޔާގެ) 3/2 (ތިންބައިކުޅަ ދެބައި) އަށް ވުރެ ބޮޑުވެގެން ނުވާނެއެވެ.
(ނ) މެޒަނިންގ ފަންގިފިލާއެއްގެ ތަޅުމާއި ސީލިންގއާ ދެމެދު ހުންނަ އުސްމިން 2.1 (ދޭން ޕޮއިންޓް އެކެއް) މީޓަރުށް ވުރެ ތިރިވެގެން ނުވާނެއެވެ. އަދި އެ މެޒަނިންގ ހިމެނޭ ފަންގިފިލާގެ ތަޅުމާއި، އެ މެޒަނިންގއާ ދެމެދުގައި ވެސް ސާފު އުސްމިން 2.1 (ދޭއް ޕޮއިންޓު އެކެއް) މީޓަރަށް ވުރެ ކުޑަވެގެން ނުވާނެއެވެ.
(ރ) މެޒަނިންގ ފަންގިފިލާއާއި މެޒަނިންގ ހިމެނޭ ފަންގިފިލާގެ ބައިތަކަށް ވަޔާއި އަލިކަން ފޯރުވުމަށް ޓަކައި ޢަމަލުކުރަންވާނީ، މި ގަވާއިދުގެ 16 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ގޮތަށެވެ.
(ބ) މެޒަނިންގ ފަންގިފިލާ ޑިޒައިންކޮށް ހަދައިފައި ހުންނަންވާނީ، އުސްމިނުގައި މަދުވެގެން 1.2 (އެކެއް ޕޮއިންޓު ދޭއް) މީޓަރު ހުންނަވަރަށް ރެއިލިންގ ހަރުކޮށްފައި ނުވަތަ ފާރު ރާނާފައެވެ.
(ޅ) އިމާރާތުގެ ފްލޯ ސްޕޭސް އިންޑެކްސް (އެފް.އެސް.އައި) ގެ ގޮތުގައި މެޒަނިންގ ފްލޯރ ހިމެނޭނެއެވެ.
