logo
banner image

"ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު"

މި ލިއުމުގެ މި ގެނެސްދެނީ، "ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު" އެވެ.

މި ލިއުމުގައި ގެނެސްދޭނީ މި ގަވާއިދުގެ މާއްދާތައް ވަކިވަކިންނެވެ.

އެގޮތުން މި ލިއުމުގައި މި ހިމަނާލަނީ މި ގަވާއިދުގެ ދެވަނަ ބާބު "ދިރިއުޅުމަށް ދޫކުރާ ގޯތިތަކުގެ ޕްލޭނިންގ އާއި އިމާރާތްކުރުން" ގެ މާއްދާތަކެވެ.

"ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު، އިމާރާތް ފަރުމާކުރުން (ތިންވަނަ ބާބު) ގެ މާއްދާތަކެވެ.

ރޫފްއޭރިޔާ އާއި ލިފްޓް މެޝިންރޫމް 11.

(ހ) އިމާރާތުގައި ރޫފްސްލެބެއް ނުވަތަ ކަތިފުރާޅެއް ލާ ނަމަ، އަންނަނިވި ގޮތަށް ލެވިދާނެއެވެ.

(1) އިމާރާތުގެ މޫނުމަތީ ފަރާތުގެ ފުޅާމިނަށްވާވަރަށް ގޯތީގެ އިމާހަމަޔަށް؛

(2) އިމާރާތުގެ މޫނުމަތީ ފަރާތުން ކަތިފުރާޅެއް ލާ ނަމަ، އިމާރާތުގެ އިމުން ފެށިގެން ފުރާޅު ބޭރަށް ނެރެވޭނީ 0.2 (ސުމެއް ޕޮއިންޓު ދޭއް) މީޓަރާ ހަމަޔަށް؛

(3) ކަތިފުރާޅެއް ނަމަ، ގޯތީގެ ކުރިމަތި ފިޔަވައި ސެޓްބެކް ދޫކޮށްފައިވާ ފަރާތްތަކުން އިމާރާތުގެ އިމުންފެށިގެން 0.45 (ސުމެއް ޕޮއިންޓު ހަތަރެއް ފަހެއް) މީޓަރަށް ވުރެ ބޭރުނުވާވަރަށް؛

(4) ރޫފްސްލެބެއް ނަމަ، އިމާރާތުގެ އިމާ ހަމަޔަށް؛

(ށ) މި ގަވާއިދުގެ ދަށުން ހަދާ އިމާރާތްތަކުގެ ޓެރަސް ހިޔާކުރާ ނަމަ ހިޔާކުރަންވާނީ، އަންނަނިވި ގޮތަށެވެ.

(1) 18.5 (އަށާރަ ޕޮއިންޓް ފަހެއް) މީޓަރާ ހަމަޔަށް ހަދާ އިމާރާތެއް ނަމަ، 18.5 މީޓަރުގެ މަތިން، ދިރިއުޅުމުގެ ބޭނުމަށް ޓެރަހެއް ހަދައި ބޭނުންކުރެވިދާނެއެވެ. އަދި މި ގަވާއިދުގެ ދަށުން 18.5 (އަށާރަ ޕޮއިންޓް ފަހެއް) މީޓަރުން ފެށިގެން 30.5 (ތިރީސް ޕޮއިންޓް ފަހެއް) މީޓަރާ ހަމަޔަށް ނުވަތަ އެ ދެމެދުގެ އުސްމިނަކާއި ހަމައަށް ހަދާ އިމާރާތްތަކުގައި ވެސް، އިމާރާތައް ކަނޑައެޅިފައިވާ އުސްމިނުގެ މަތިން ޓެރަހެއް ލެވިދާނެއެވެ. މިގޮތަށް ބޭނުންކުރެވޭނީ ޖަދުވަލް 11 ގައި ވާ ގޮތުގެ މަތިން ޓެރަސްގެ (ލިފްޓާއި ސިޑިގޮޅި ކަނޑައިފައި ބާކީ އޭރިޔާގެ) 3/2 (ތިންބައިކުޑަ ދެބަޔަށްވާ ) އޭރިއާއަށެވެ.

(2) މިގޮތަށް ހިޔާކުރާ ބައިގެ ޝީޓު/ފުރާޅު ފަރުމާކުރެވިފައި ހުންނަންވާނީ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ޓަކައި ސޯލާޕެނަލް ހަރުކުރެވޭ ގޮތަށެވެ. މިގޮތުން ސޯލާ ޕެނަލް ހަރުކުރުމަށް ކަމާބެހޭ އިދާރާތަކުން ބޭނުންވެއްޖެ ހާލަތެއްގައި، ގޯތީގެ ވެރިފަރާތުގެ ހުއްދައާއެކު ސޯލާޕެނަލް ހަރުކުރެވިދާނެއެވެ.

(3) މިގޮތަށް ފަރުމާކުރެވިގެން ހަދާބައި އިމާރާތުގެ ފްލޯ ސްޕޭސް އިންޑެކްސް (އެފް.އެސް.އައި) ގެ ގޮތުގައެއް ނުހިމެނޭނެއެވެ.

(ނ) މި ގަވާއިދުގެ ޖަދުވަލު 12 ގައި ދައްކައިފައިވާ ގޮތަށް ޓެރަހަށްވާ ފަންގިފިލާގެ ސިޑިގޮޅިއާއި ލިފްޓް މެޝިންރޫމްގެ ޖުމުލަ އޭރިޔާ 15 (ފަނަރަ) އަކަމީޓަރަށް ވުރެ ބޮޑުވެގެން ނުވާނެއެވެ. އަދި މި އޭރިޔާ ހިޔާކުރެވިފައި ހުންނަންވާނީ އެއް ސްޓްރަކްޗަރއެއްގެ ގޮތުގައެވެ.

(ރ) ޓެރަހުގައި އަވިން ނިވައިކުރުމަށް ޓަކައި ވަގުތީ ނުވަތަ ފަސޭހައިން ރޫޅައިލެވޭގޮތަށް ދަގަނޑު ހޮޅިއާއި، ލަކުޑި ނުވަތަ ފިލާ ފަދަ ތަކެތި ބޭނުންކޮށްގެން ޕަގޯލާ ނުވަތަ ޓްރެލިސް ފަދަ ތަކެތި ހެދިދާނެއެވެ. އަދި މިގޮތަށް ހެދޭ ތަކެތި ހުންނަންވާނީ، މި ފަންގިފިލާގެ ލިފްޓް/ސިޑިގޮޅި ހިޔާކުރުމަށް ކަނޑައަޅައިފައިވާ ޖާގަ ފިޔަވައި ބާކީ އޮންނަ ޖާގައިގައެވެ. މިފަދަ ތަކެތީގެ އެއްވެސް އަރިމައްޗަކުން ބައްދައިގެން ނުވާނެއެވެ. މިފަދަ ތަކެތީގެ އުސްމިން، ޓެރަހުގައި ހިޔާކުރާބަޔަށް ވުރެ އުސްވެގެން ނުވާނެއެވެ.