logo
banner image

"ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު"

މި ލިއުމުގެ މި ގެނެސްދެނީ، "ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު" އެވެ.

މި ލިއުމުގައި ގެނެސްދޭނީ މި ގަވާއިދުގެ މާއްދާތައް ވަކިވަކިންނެވެ.

އެގޮތުން މި ލިއުމުގައި މި ހިމަނާލަނީ މި ގަވާއިދުގެ ދެވަނަ ބާބު "ދިރިއުޅުމަށް ދޫކުރާ ގޯތިތަކުގެ ޕްލޭނިންގ އާއި އިމާރާތްކުރުން" ގެ މާއްދާތަކެވެ.

"ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު، އިމާރާތް ފަރުމާކުރުން (ތިންވަނަ ބާބު) ގެ މާއްދާތަކެވެ.

ތަޅުމުގެ ޖުމުލަ އޭރިޔާ (ޖީ.އެފް.އޭ) އާއި ފްލޯ ސްޕޭސް އިންޑެކްސް (އެފް.އެސް.އައި) އާއި އޯޕަން ސްޕޭސް 8.

(ހ) ތަޅުމުގެ އޭރިއާ (ގްރޮސް ފްލޯ އޭރިޔާ) އަކީ މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އެފް.އެސް.އައި.ގައި ނުހިމެނޭ ބައިތައް ފިޔަވައި ދެންހުރި ބައިތަކުގެ ޖުމުލަ އޭރިޔާއެވެ.

(ށ) ފްލޯ ސްޕޭސް އިންޑެކްސް (އެފް.އެސް.އައި) އަކީ ގޯތީގެ އޭރިޔާއާއި ތަޅުމުގެ ޖުމުލަ އޭރިޔާއަށް ރިއާޔަތްކޮށް ހިޔާކުރެވޭ މިންވަރެވެ. މިގޮތުން ދިރިއުޅުމަށް ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން 18.5 (އަށާރަ ޕޮއިންޓް ފަހެއް) މީޓަރާއި ހަމައަށް ހަދާ އިމާރާތްތަކުގެ ފްލޯރ ސްޕޭސް އިންޑެކްސް ތިރީގައިވާ ތާވަލުގައި މިވަނީއެވެ.

18.5 (އަށާރަ ޕޮއިންޓް ފަހެއް) މީޓަރުން ފެށިގެން 30.5 (ތިރީސް ޕޮއިންޓް ފަހެއް) މީޓަރާއި ހަމައަށް ނުވަތަ އެ ދެމެދުގެ އުސްމިނަށް ހަދާ އިމާރާތްތަކުގެ ފްލޯ ސްޕޭސް އިންޑެކްސް ތިރީގައިވާ ތާވަލްގައި މިވަނީއެވެ.

(ނ) 18.5 (އަށާރަ ޕޮއިންޓް ފަހެއް) މީޓަރުން ފެށިގެން 30.5 (ތިރީސް ޕޮއިންޓް ފަހެއް) މީޓަރާއި ހަމައަށް ނުވަތަ އެ ދެމެދުގެ އުސްމިނަށް ހަދާ އިމާރާތްތަކުގެ ފްލޯ ސްޕޭސް އިންޑެކްސް ތިރީގައިވާ ތާވަލްގައި މިވަނީއެވެ.

(ރ) ފްލޯ ސްޕޭސް އިންޑެކްސް (އެފް.އެސް.އައި) = ތަޅުމުގެ ޖުމުލަ އޭރިޔާ (ޖީ.އެފް.އޭ)

ގޯތީގެ އޭރިޔާ

(ބ) ތިރީގައި ބަޔާންކޮށްފައިވާ ތަންތަނަކީ އެފް.އެސް.އައި ތެރޭގައި ނުހިމެނޭ ބައިތަކެވެ.

(1) ސަރވިސަސް ޑަކްޓް؛

(2) ލިފްޓް ގޮޅިތައް؛

(3) އެންމެ މަތީ ފަންގިފިލާގެ ސިޑިގޮޅިއާއި ލިފްޓް/މެޝިން ރޫމް ހިޔާކުރާބައި؛

(4) ބޭސްމަންޓް ޕަރކިންގއާއި ޔުޓިލިޓީސް/މެއިންޓެނޭންސް ސަރވިސްގެ ގޮތުގައި ބޭނުންކުރާ ބައި؛

(5) މަތި ހިޔާނުކުރާ ވައިގޮޅި.

(ޅ) ވަކި ގޯތިތަކުގެ ރަޖިސްޓަރީ އެއްގޯއްޗަކަށް ރަޖިސްޓަރީކުރުމުން ގޯތީގެ އެފް.އެސް.އައި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޯތީގެ އޭރިޔާއަށް ވުރެ ބޮޑުވާ ނަމަ، މިފަދަ ގޯތިތަކުގެ އެފް.އެސް.އައި ކަނޑައަޅާނީ އެޗް.ޑީ.ސީންނެވެ. އަދި މި ގޯތިތަކުގެ އެފް.އެސް.އައި ހޯދުމަށް، އިމާރާތުގެ ކުރެހުން ފާސްކުރުމުގެ ކުރިން އެޗް.ޑީ.ސީއަށް ލިޔުމުން ހުށަހަޅައި، ހޯދަންވާނެއެވެ.

(ކ) ގޯއްޗެއް ބައިކޮށްގެން ވަކިވަކި ރަޖިސްޓަރީ ހެދުމުން، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޯތީގެ އޭރިޔާއަށް ވުރެ ކުޑަ ނަމަ، މިފަދަ ގޯތިތަކުގެ އެފް.އެސް.އައި ކަނޑައަޅާނީ އެޗް.ޑީ.ސީންނެވެ. އަދި މި ގޯތިތަކުގެ އެފް.އެސް.އައި ހޯދުމަށް، އިމާރާތުގެ ކުރެހުން ފާސްކުރުމުގެ ކުރިން އެޗް.ޑީ.ސީއަށް ލިޔުމުން ހުށަހަޅައި، ހޯދަންވަނާއެވެ.