އައްޑޫ ސިޓީ ސާފުކުރުމުގެ ޕްރޮގްރާމްގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެ
އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ޕްރޮގްރާމްގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެއެވެ.
އޭޕްރިލް 18ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްެރާމަކީ އައްޑޫސިޓީގެ އެކި އަވަށްތަކުގައި ގިނަ ޢަދަދަކަށް ޑެންގޫ ކޭސްތައް އިތުރު ވަމުންދާތީ ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި މަރަދޫ ފޭދޫ އެކިސަރަހައްދުތައް ސާފުކުރުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
