logo
banner image
ދިފާޢީ ވުޒާރާ

ވުޒާރާގެ ސިވިލް ސަރވިސް މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ "ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް"ގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

މި ވުޒާރާއާއި ސިވިލް ސަރވިސް ކޮމިޝަންގެ ސިވިލް ސަރވިސް އިންސްޓިޓިއުޓް ގުޅިގެން ވުޒާރާގެ ސިވިލް ސަރވިސް މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ "ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް"ގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ފާޠިމަތު މިޒުނާ ޢަލީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ ވިދާޅުވި ގޮތުގައި މިފަދަ ތަމްރީންތަކަކީ ވުޒާރާގެ ޚިދުމަތުގެ ފެންވަރު އާ އުސްމިންތަކަކަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި، މަސައްކަތުގެ އަޚްލާޤް ހިފެހެއްޓުމާއެކު ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން އޭ.އައި. ޖެނެރޭޓިވް ފަދަ ޒަމާނީ ވަސީލަތްތަކަށް އަހުލުވެރިވެ، އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އެދިވަޑައިގެންނެވިއެވެ.

މި ތަމްރީނު ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތުގައި، ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އަލްއުސްތާޛު މުޙައްމަދު މުޖުތާޒާއި، ކޮމިޝަނުގެ ބައެއް މެންބަރުންނާއި، ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީގެ އިތުރުން ޑިޕާޓްމަންޓްތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.