މިނިސްޓަރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް ވަޒީރުކަމުގެ ހުވާ، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުރައްވައިފި
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑޯމެންޓްސްގެ ވަޒީރުކަމުގެ ހުވާ، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުރައްވައިފިއެވެ.
ވަޒީރުކަމުގެ ހުވާ ކުރައްވާފައިވަނީ މިރޭ ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ވަޒީރުކަމުގެ ހުވާ ކުރެއްވުމަށްފަހު، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ މަޤާމުގެ ފަތްކޮޅު އަރުއްވަވާފައެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ނަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑޯމަންޓްސް ނަމަށް މިރޭ ބަދަލުކުރައްވާފައިވަނީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް
ގެންނެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ދަށުންނެވެ.
ވުޒާރާގެ ނަމަށް ގެނެވުނު ބަދަލާއެކު، އިސްލާމީކަންތައްތަކާ ބެހޭ އެންމެހާ މަސައްކަތްތަކާއި ދިވެހިރާއްޖޭގައި އައުޤާފްގެ ދާއިރާއިން ކުރެވޭ
މުހިއްމު ހުރިހާ މަސައްކަތް ކުރިއަށް ދާނީ މި ވުޒާރާގެ ބެލުމުގެ ދަށުންނެވެ. މިއީ އައުޤާފްތައް ފުޅާ ކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކުރައްވަމުން ގެންދަވާ މަސަައްކަތްޕުޅަށް އިތުރު ކުރިއެރުން އަންނާނެ ކަމެކެވެ.
