logo
banner image

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މެންބަރުންގެ ޑިޕެންޑެންޓުންނަށް ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މެންބަރުންގެ ޑިޕެންޑެންޓުންނަށް ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ.

މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މިޕްރޮޖެކްޓުގެ ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވަނީ އެކަމަށް ޤާއިމް ކޮށްފައިވާ އޮންލައިން ޕޯޓަލ- ބީލަން ޕޯޓަލް (https://beelan.finance.gov.mv) މެދުވެރިކޮށް ކަމުގައި ވާތީ، ބީލަންވެރިން އެ ޕޯޓަލް އަށް ރަޖިސްޓަރީ ވުމާ ގުޅިގެން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަމުގެ މަޢުލޫމާތު ޕޯޓަލް މެދުވެރިކޮށް ހޯދުމަކީ ބީލަންވެރިންގެ ޒިންމާއެކެވެ.

މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/60،500ރ (ފަސްތޮޅަސް ހާސް ފައްސަތޭކަ ރުފިޔާ) ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ.

އަދި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފަވަނީ 21 އޭޕްރީލު 2026 ވާ އަންގާރަ ދުވަހުގެ 10:00:00ގައި އޮންލައިންކޮށެވެ. ޕްރީބިޑް ބައްދަލުވުމުގެ އިތުރު މައުލޫމާތު ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެވެ.

ބީލަމުގައި ބައިވެރިވާ ފަރާތްތަކުގައި ހުންނަން ޖެހޭ ހުރިހާ ޝަރުޠުތައް ބިޑިންގް ޑޮކިއުމަންޓްގައި ވަނީ ބަޔާންކޮށްފައި:

ޕްރޮޖެކްޓް ނަންބަރު: (TES/2026/NC-004)

އިއުލާން ނަންބަރު: (IUL) 13-K/13/2026/66