ގަސްތަކަށް ޖެހޭ ތަފާތު ބަލިތައް ކޮންޓްރޯލް ކުރުމަށް ގޭގައި ތައްޔާރުރު ކޮށްލެވިދާނެ ބައޯޕެސްޓިސައިޓްސްތަކާއި ގުޅޭ މައުލޫމާތުތައް އަޅުގަނޑުމެން މިއަންނަނީ ފޯރުކޮށްދެމުން، މި ސިލިސިލާގެ ތެރެއިން މިއަދު މި ކިޔާލަދެނީ ހިކިމިރުސް ބޭސް ތައްޔާރުކޮށް، ބޭނުން ކުރާނެގޮތް.
ބޭނުންވާ ތަކެތި
25 ގްރާމް ހިކި މިރުސް
133 ގްރާމް އަތަ ފަތް
53 ގްރާމް ހިތި (ޗަސް ކޮށްފައި)
33 މިލިލީޓަރ ދިޔާސައިބޯނި
ބޭސް ތައްޔާރުކުރާނެ ގޮތް
ހިކި މިރުސް ފުނޑާފައ،ި 100 މިލިލީޓަރ ފެނުގައި އަދި ޗަސްކޮށްފައި ހުރި ހިތި، 200 މިލިލީޓަރ ފެނުގައި އެއްރޭވަންދެން ބެހައްޓުމަށްފަހު ދެ ބައި ވެސް ފުރާނާލާށެވެ. އަތަފަތް ކޮޅު ފުނޑާފައި 500 މިލިލީޓަރ ފެނާއި އެއްކުރުމަށްފަހު ފުރާނާލާށެވެ.
ބޭނުންކުރާނެ ގޮތް
ފުރޭނި ތިން ބައި އެއްކޮށްލާށެވެ. 3-5 ލީޓަރ ފެނާއި ސައިބޯނި އަޅާ ރަނގަޅަށް ގިރާލާށެވެ.
ގަސްތަކަށް ބޭސް ޖަހާނީ ހެނދުނު ހެނދުނާ ނުވަތަ ހަވީރު ފިނިޖެހުމުން.
ކޮންޓްރޯލްކުރެވޭނީ
- އެފިޑް
- ލީފްރޯލަރ
- ރެޑް ސްކޭލް
- ސްޕޮޓެޑް ބީޓްލް
ނޯޓް: މުޅި ގަހަށް ބޭސް ޖެހުމުގެ ކުރިން އެއް ފަތަށް ޖަހާ 33 ގަޑިއިރު ވަންދެން ބަހައްޓ،ާ ފަތް ވިހަވޭތޯ ބަލަންވާނެ.
-1776059414300.webp)