logo
banner image

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގުރާމުގެ ނިންމުމުގެ ރަސްމިއްުޔާތު ބާއްވައިފި

އިސްލާމީކަންތައްތައްތަކާ ބެހޭ ވުޒާރާއާއި ސިވިލް ސާވިސް ޓްރެއިނިންގ އިންސްޓިޓިއުޓްއާއި ގުޅިގެން ވުޒާރާގެ މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގުރާމު ނިންމާލައިފިއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގުރާމަކީ ސިވިލް ސާވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ދައުލަތުގެ ވުޒާރާތަކަށް އަމާޒުކޮށްގެން ކޮންމެ މަހަކުވެސް ހިންގަމުން ގެންދާ "މަންތްލީ ސްޕެޝަލް ޕްރޮގުރާމް"ތަކުގެ ތެރެއިން ހިންގުނު ޕްރޮގުރާމެވެ.

މި ޕްރޮގުރާމުގެ ނިންމުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސްއާއި، ކޮމިޝަނުގެ މެމްބަރުން ވަނީ ބައިވެރިވެޑައިގަންނަވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު އަލްއުސްތާޛާ ޙައްވާ ލަޠީފްއެވެ.

މި ތަމްރީން ޕްރޮގުރާމުގެ ތެރެއިން މުވައްޒަފުންގެ މަސައްކަތުގެ ހުނަރާއި ޤާބިލުކަން އިތުރުކުމަށް އަވަސް އަދި ފަސޭހަކަމާއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމާއި ގުޅޭ ތަމްރީނާއި، އޮފީސް މާހައުލުގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކަށް އަހުލުވެރިކުރުވުމާއި، މަސައްކަތުގެ މާހައުލުގައި ޒަމާނީ ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓަލިޖެންސް ބޭނުންކޮށްގެން މަސައްކަތްތައް ހަލުވިކޮށް، ހަރުދަނާކުރާނެ ގޮތްތައް ވަނީ ދަސްކޮށްދެވިފައެވެ.