logo
banner image
ޚާރިޖީ ވުޒާރާ

މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލު ވިއެޓްނާމް ގެ އައު ޚާރިޖީ ވަޒީރަށް މަރުޙަބާ ވިދާޅުވެ ސިޓީފުޅެއް ފޮނުއްވައިފި

ވިއެޓްނާމް ގެ އައު ޚާރިޖީ ވަޒީރު ކަމަށް، މރ. ލަ ހޮއައި ޓްރަންގ ޢައްޔަން ކުރެއްވުމާ ގުޅިގެން ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު، އެ މަނިކުފާނަށް މަރުޙަބާ ވިދާޅުވެ ސިޓީފުޅެއް ފޮނުއްވައިފިއެވެ.

މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލު ފޮނުއްވި ސިޓީފުޅުގައި، ދިވެހިރާއްޖެ އާއި ވިއެޓްނާމް އާ ދެމެދު އޮތް ދުވަސްވީ ރަޙްމަތްތެރިކަމާއި އެއްބާރުލުމުގެ ގުޅުމަށް އަލިއަޅުވާލައްވާފައިވެއެވެ.

އަދި ވިއެޓްނާމް ގެ އައު ޚާރިޖީ ވަޒީރުގެ ދައުރުގައި މި ގުޅުން އިތުރަށް ހަރުދަނާ ވާނެކަމުގެ ޔަޤީންކަން އޮތްކަމުގައި ވިދާޅުވެފައިވެއެވެ.