logo
banner image
ދިފާޢީ ވުޒާރާ

ޗީފް އޮފް ޑިފެންސް ފޯސް، ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރައްވައިފި

ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާޙީމް ޙިލްމީ، ކޮމިޝަނަރ އޮފް ޕޮލިސް، އަޙްމަދު މުޙައްމަދުއާ ބައްދަލުކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ މައި މަރުކަޒު، ބަންޑާރަ ކޮށީގައި މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކޮމިޝަނަރ އޮފް ޕޮލިސްއަށް މަރުހަބާ ދެންނެވުމާއިއެކު، ދެ މުއައްސަސާގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.