"ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު" ދެވަނަ ބާބު
މި ލިއުމުގެ މި ގެނެސްދެނީ، "ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު" އެވެ.
މި ލިއުމުގައި ގެނެސްދޭނީ މި ގަވާއިދުގެ މާއްދާތައް ވަކިވަކިންނެވެ.
އެގޮތުން މި ލިއުމުގައި މި ހިމަނާލަނީ މި ގަވާއިދުގެ ދެވަނަ ބާބު "ދިރިއުޅުމަށް ދޫކުރާ ގޯތިތަކުގެ ޕްލޭނިންގ އާއި އިމާރާތްކުރުން" ގެ މާއްދާތަކެވެ.
"ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު، ދެވަނަ ބާބުގެ 4 ވަނަ މާއްދާ:
ގޯތީގެ އިންވަކިކުރުން 4.
(ހ) ހުޅުމާލެއިން ދޫކޮށްފައިވާ ހުރިހާ ގޯތިތަކަށް ރަޖިސްޓްރީގައިވާ ނުވަތަ އެގްރިމެންޓްގައިވާ މިންތަކަށް ގޯތީގެ އިން ވަކިކުރުމަށް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ކަޑަ ޖަހައިދޭނެއެވެ.
(ށ) ވެރިފަރާތުން ނުވަތަ ގޯއްޗާއި ހަވާލުވިފަރާތުން ޯތި ނުބެލެހެއްޓުމުގެ ސަބަބުން ނުވަތަ އެނޫން ގޮތަކަށް، ގޯޯތީގެ އިން ވަކިކުރުމަށް ޖަހާފައިވާ ކަޑަ ވެއްޓިއްޖެ ހާލަތެއްގައި ނުވަތަ ގެއްލިއްޖެ ހާލަތެއްގައި އެޗް.ޑީ.ސީ އަށް ލިއުމުން ހުށަހެޅުމުން، އަލުން ކަޑަޖަހައިދޭނެއެވެ.
(ނ) ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ފެށުމުގެ ކުރިން ރަޖިސްޓަރީ ނުވަތަ އެގްރީމެންޓްގައިވާ މިންތަކާއި ނުވަތަ ގޯތީގައިވާ މިންތަކާއި ދިމާވޭތޯ، ގޯތީގެ ވެރިފަރާތުން ނުވަތަ އިމާާރާތްކުރާ ފަރާތުން ބަލަންވާނެ އެވެ.
