ކައުންސިލް އިންތިޙާބު ކާމިޔާބުކުރި ކެންޑިޑޭޓުންނަށް މިނިސްޓަރ މަރުޙަބާ ވިދާޅުވެއްޖެ
އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓުންނަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު މަރުޙަބާ ވިދާޅުވެއްްޖެއެވެ.
މިނިސްޓަރ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަލަށް އިންތިޚާބު ކުރެވޭ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ރައްޔިތުންގެ ބައިވެރިވުމާއި، ޝާމިލުވުން އިތުރުކޮށް، ރައްޔިތުންނާ ގާތުން، އުންމީދީ އަދި ޒިންމާދާރު މަސައްކަތްތަކެއް ކުރައްވާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ކައުންސިލްތަކާއެކު، ގުޅިގެން މިނިސްޓްރީން މަސައްކަތް ކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށެވެ.
އަލަށް ހުވާކުރާ ކައުންސިލްތަކާއެކު ލާމަރުކަޒީ ނިޒާމަށް އިތުރު ދިރުން ލިބިގެންދާނެ ކަމަަށް އެ މަނިކުފާނު ވިދާޅުވިއެވެ.
