logo
banner image

ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު

މި ލިއުމުގެ މި ގެނެސްދެނީ، "ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު" އެވެ.

މި ލިއުމުގައި ގެނެސްދޭނީ މި ގަވާއިދުގެ މާއްދާތައް ވަކިވަކިންނެވެ. އެގޮތުން މި ލިއުމުގައި މި ހިމަނާލަނީ މި ގަވާއިދުގެ އެއްވަނަ ބާބު އެވެ.

"ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު، އެއްވަނަ ބާބު، ފެށުން.

ތަޢާރަފާއި ނަން 1.

(ހ) މި ގަވާއިދަކީ، ހުޅުމާލެއަކީ ޕްލޭންކުރެވި ސަރަހައްދު އޮންނަންޖެހޭ ގޮތުގެ މާސްޓަރޕްލޭނެއް އެކުލަވާލާފައިވާ ހާއްސަ ސަރަހައްދެއް ކަމުގައިވާތީ، އެ ޕްލޭން ތަންފީޒުކުރުމަށްޓަކައި، އާއްމު ދިރިއުޅުމަށް ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތްކުރުމުގައި ޢަމަލުކުރަންޖެހޭ ޑިވެލޮޕްމަންޓް ކޮންޓްރޯލްސް ކަނޑައެޅުމުގެ އުސޫލުތައް ބަޔާންކޮށް، އެ ކޮންޓްރޯލްތައް ކަނޑައަޅައި ބަޔާންކުރުމަށްޓަކައި ޤާނޫނު ނަންބަރ 16/2024 (ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ށ) ގެ ދެވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން އެކުލަވާލާފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ ""ހުޅުމާލޭގެ ޑިވޮލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު" އެވެ.

މަގުސަދު 2.

މި ގަވާއިދުގެ މަގުސަދަކީ ހުޅުމާލެއިން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތައް ތަރައްޤީކުރުމުގައި އަމަލުކުރަންވީގޮތް ބަޔާންކުރުމާއި، ތަރައްޤީކުރެވޭނެ މިންގަނޑުތައް ބަޔާންކޮށް ކަނޑައެޅުމެވެ.

ގަވާއިދު ހިނގާނެ ދާއިރާތައް 3.

މި ގަވާއިދުގަ ކަނޑައަޅާފައިވާ ކަންކަން ހިނގާނީ، އާއްމު ދިރިއުޅުމަށް ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގައި ހަދާ އިމާރާތްތަކަށެވެ. ހުޅުމާލޭގެ އެކިއެކި ސަރަހައްދު (ނެއިބަރހުޑް) ތަކުގައި އިމާރާތްކުރުމުގައި އަމަލުކުރާނެ މިންގަނޑު ތަފާތުވުމުން، މި ސަރަހައްދުތައް ކަނޑައަޅާފައިވާ ގޮތް އަންގައިދޭ ޗާޓް، މި ގަވައިދުގެ ޖަދުވަލް 1 ގައި ހިމަނައިފައިވާނެއެވެ.