logo
banner image

ޅ.ކަނުހުރާގެ އިރު އުތުރުން 15 މޭލު ބޭރުގައި ދޮށީ ކަނދުފަތި އަޅައިފި

ޅ.ކަނުހުރާގެ އިރު އުތުރުން 15 މޭލު ބޭރުގައި ދޮށީ ކަނދުފަތި އަޅައިފިއެވެ.

މި ދޮށީ ކަނދުފަތި އަޅާފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.

މި ކަނދުފަތީގެ ނަންބަރަކީ E10D02 އެވެ.

މި ވަދު ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ:

05°39.800’N

43.100 73°’E

ކަނދުފަތި ޤާއިމްކުރުމާއި ވިއުގާ ބެލެހެއްޓުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވޭ މުހިންމު މަސައްކަތެކެވެ.

މި ކަނދުފަތި ޤާއިމްކުރުމުގެ މަޤްޞަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއެރުވުމެވެ. މި ދޮށީ ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.