ބަޔޯޕެސްޓިސައިޑެއްގެ ގޮތުގައި, ކޮތަނބިރި
ދަނޑުވެރިކަމުގައި ބޭނުންކުރާ ބޭސްތަކަކީ ހުރިހާ ގޮތަކުން ރައްކާތެރިއެއްޗަކަށް ވާންޖެހެއެވެ. އެހެންވީމާ ގަސްތަކަށް ޖަހާ ބޭހަކީ ރައްކާތެރި އެއްޗަކަށް ހެދުމަށް ބަޔޯޕެސްޓިސައިޑް ނުވަތަ ރައްކާތެރި ގޮތުގައި ތައްޔާރު ކުރެވޭ ބޭހެއް ބޭނުންކުރުން ވަރަށް މުހިންމެވެ. މިފަދަ ބޭސްތައް ހިއްސާ ކުރުމުގެ ގޮތުން މި ބަލާލަނީ ކޮތަނބިރި ބޭސް ތައްޔާރުކުރާނެގޮތެވެ.
ބޭނުންވާ ތަކެތި
200 ގުރާމް ކޮތަނބިރި
1 ލީޓަރ ފެން
ބޭސް ތައްޔާރުކުރާނެ ގޮތް
ކޮތަނބިރި ހިމުންކޮށް ތަޅާށެވ.ެ ފެނަށް އަޅައިގެން 13 މިނެޓް ވަންދެން ކައްކާށެވ.ެ ހިހޫވުމުން
ފުރާނާލާށެވެ.
ބޭނުންކުރާނެ ގޮތް
އިތުރު 3 ލީޓަރ ފެނާއި އެއްކޮށްގެން ސްޕްރޭކުރާށެވެ.
ކޮންޓްރޯލްކުރެވޭނީ
ސްޕައިޑަރ މައިޓް
ފަންގަސްގެ ސަބަބުން ޖެހޭ ބަލިތައް
ނޯޓް: މުޅި ގަހަށް ބޭސް ޖެހުމުގެ ކުރިން އެއް ފަތަށް ޖަހާ 33 ގަޑިއިރު ވަންދެން ބަހައްޓ،ާ ފަތް ވިހަވޭތޯ ބަލާށެވ.ެ
