ޔުނިވާސިޓީ އޮފް މަލާޔާގެ ވައިސް ޗާންސެލަރ މަތީ ތަޢުލީމާއި ބެހޭ ވުޒާރާއަށް ޒިޔާރަތްކުރައްވައިފި
ޔުނިވާސިޓީ އޮފް މަލާޔާގެ ވައިސް ޗާންސެލަރ، ޕްރޮފެސަރ، ޑަޓޯ ސެރީ، ދރ. ނޫރް އައުޒަން އަބޫ އޮސްމާން ވަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމަކާއި ބެހޭ ވުޒާރާއަށް ޒިޔާރަތްކުރައްވައި، އެ ވުޒާރާގެ ވަޒީރު، ޑރ. ޢަލީ ޙައިދަރު އަޙްމަދާއި ބައްދަލުކުރައްވައިފައެވެ.
މި މަޝްވަރާ ބައްދަލުވުމުގައި، މެލޭޝިޔާ އަދި ދިވެހިރާއްޖެއާއި ދެމެދުގައިވާ ގާތްގުޅުން ބަދަހިކުރުމާއި ދެ ޤައުމުން ގުޅިގެން ދެ ޤައުމުގެ މަތީ ތަޢުލީމީ ދާއިރާ ކުރިއެރުވުމުގެ މައްޗަށް އަލިއަޅުވައިލެވިފައެވެ. އެގޮތުން، މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.
މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ މަތީ ތަޢުލީމީ ދާއިރާއަށް ފައިދާ ހުރި މަސައްކަތްއް ކުރުމުގެ މަގުފަހިވެގެންދާނެއެވެ. އަދި އިންސާނީ ވަސީލަތްތަކުގެ ފެންވަރު ރަނގަޅުވެ، ދެމެހެއްޓެނިވި ތަރައްޤީއަށް ވާސިލްވުމުގެ މަގުފަހިވެގެންދާނެއެވެ.
