ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައިސޮލޭޝަން ފެސިލިޓީގެ ބިންގާ އަޅުއްވައިފި
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައިސޮލޭޝަން ފެސިލިޓީގެ ބިންގާ އަޅުއްވައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އައިސޮލޭޝަން ފެސިލިޓީގެ ބިންގާ އަޅުއްވާއިދެއްވީ މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޘިމް އިބްރާހިމެއެވެ.
އަތޮޅު ތެރޭގެ ޞިއްޙީ ޚިދުމަތް ފުޅާކޮށް ތަރައްޤީކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޕްރައިވެޓް ރޫމް، އައިސޮލޭޝަން ފެސިލިޓީއެއް ޤާއިމްކުރުމަށް އަލްޓެކް މޯލްޑިވްސްއާއެކު 14 ފެބްރުއަރީގައި ވަނީ ސޮއިކޮށްފައެވެ.
މިމަސައްކަތަކީ އޭޝިއަން އިންފްރާ ސްރަކްޗަރ އިންވެސްޓު ބޭންކިން ފައިނޭންސްކޮށްގެން މިނިސްޓްރީ އޮފް ހެލްތުން ކުރިއަށްގެންދާ މޯލްޑިވްސް ކޮވިޑް-19 އިމަރޖެންސީ ރެސްޕޯންސް އެންޑް ސިސްޓަމް ޕްރިޕެއާރޑްސް ޕްރޮޖެކްޓުގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 14 ޕްރައިވެޓް ރޫމާއި 800 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމްއެއް ހިމެނޭހެން ޤާއިމްކުރެވޭ ކޮންވަރޓިބަލް ކަރަންޓީނު ފެސިލިޓީއެކެވެ.
