logo
banner image
ޞިއްޙީ ވުޒާރާ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޑައިލިސިސް އެކްސްޓެންޝަން އިމާރާތް ހުޅުވައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޑައިލިސިސް އެކްސްޓެންޝަން އިމާރާތް ހުޅުވައިފިއެވެ.

މި އިމާރާތް ހުޅުވުމަށްޓަކައި ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ދެވޭ ޚިދުމަތްތައް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 2013 ވަނަ އަހަރު 4 އެނދާއެކު ހުޅުވުނު ޑައިލިސިސް ޔުނިޓް 9 އެނދުގެ ޑައިލިސިސް ސެންޓަރ އަކަށް ބަދަލުވެ، މި ޚިދުމަތް މިއަދު ވަނީ ފުޅާކޮށް ތަރައްގީކުރެވިފައެވެ. އެގޮތުން މި ފެށޭ ޑައިލިސިސް ސެންޓަރގެ ޚިދުމަތާއެކު ޚާއްސަ އައިސޮލޭޝަން އެނދަކާއި އައިސީޔޫ ޑައިލިސިސްގެ ޚިދުމަތް ފޯރުކޮށްދެވިގެންދާނެއެވެ.

މީގެއިތުރުން ޑައިލިސިސް ހަދާ މީހުން ކިޔުގައި މަޑުކުރަން ނުޖެހި ، ފަސޭހަކަމާއި ރައްކާތެރިކަމާއެކު އެމީހަކަށް ޚާއްސަ ފަރުވާ ލިބިގެންދާނެއެވެ.