ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އައު އީއާރުގެ ޚިދުމަތް ފަށައިފިއެވެ.
އައު އީއާރުގެ ޚިދުމަތް ފެށުމަށްޓަކައި އެރަށުގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މިއަދު ހުޅުވި އައު އީއާރަކީ ޖާގައިގެ ގޮތުން ތަނަވަސް ޒަމާނީ ފެންވަރުގެ ޚިދުމަތްތަކާއިއެކު 6 އެނދުގެ މައްޗަށް އެކުލެވޭ ، އަދި ފްރޮސީޖާރގެ ރޫމަކާއި ސްޓާފް ލޯންޖެއް ހިމެނޭހެން ބަލިމީހުންނަށް ފަސޭހަ ކަމާއެކު ޚިދުމަތް ދެވޭނެހެން ތަރައްޤީކޮށްފައިވާ ފެސިލިޓިއެކެވެ.
މީގެ ކުރިން ކުޅުދުއްފުށި ހޮސްޕިޓަލުން އިމަރޖެންސީގެ ފަރުވާ ދެމުންދިޔައީ އިމާރާތުގެ އެތެރޭގެ ވޯރޑެއްގައި ކަމުގައި ވީނަމަވެސް ހުޅުވިގެންދިޔަ މި އައު އިއާރުގެ ޚިދުމަތާއެކު ސީދާ އިމަރޖެންސީ ރޫމްގެ ވަންނަ ދޮރަށް އެމްބިއުލާނސް ކައިރިކުރެވި ކުއްލި ހާލަތުގައި ބަލިމީހާއަށް ދެވޭ ފަރުވާ އަވަސްވެ، ޚިދުމަތް ދިނުމުގައި ލުއި ފަސޭހަކަތެއް ލިބިގެންދާނެއެވެ.
