ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ވިލިމާލޭގައި ޢިމާރާތްކުރާ 300 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް ގެ ސަބްސިޑަރީއެއް ކަމުގައިވާ ބީއެމްއެލް އެފޯޑަބަލް ލީޒިންގ ޕްރައިވެޓް ލިމިޓެޑްއާ ޙަވާލުކޮށްގެން ވިލިމާލޭގައި ޢިމާރާތްކުރާ 300 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ އެކަަމަށްޓަކައި 26 މާރިޗު 2026 ގައި ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރް.ސީ.ސީ) އެވެ.
ބީއެމްއެލް އެފޯޑަބަލް ލީސިންގ ޕްރައިވެޓް ލިމިޓެޑްއާ ޙަވާލުކޮށްގެން ޙަވާލުކޮށްގެން ހުޅުމާލެ އަދި ވިލިމާލޭގައި ޖުމްލަ 3260 ހައުސިންގ ޔުނިޓުގެ ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ.
އެއީ:
- ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީ.އެމް.އީ.ސީ) އާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް 3 ގައި ޤާއިމްކުރާ 1224 ގެ ހައުސިންގ ޔުނިޓު
- ބެއިންޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީ.ޔޫ.ސީ.ޖީ)އާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް 3 ގައި ޤާމްކުރާ 1190 ހައުސިންގ ޔުނިޓު
- އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ހުޅުމާލެ ފޭސް 1 ގައި ޤާއިމުކުރާ 364 ހައުސިންގ ޔުނިޓު
- އެފް ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް 1 ގައި ޤާއިކުރާ 182 ހައުސިންގ ޔުނިޓު
- ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްގެން ވިލިމާލޭގައި ޤާއިމުކުރާ 300 ހައުސިންގ ޔުނިޓު
މުޅި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 2028 ގެ އޮގަސްޓު މަހުގެ ނިޔަލަށެވެ.
