logo
banner image
ޚާރިޖީ ވުޒާރާ

‎ގްރީސްގެ ޚާރިޖީ ވަޒީރަށް އެ ގައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

ގްރީސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ޔޯރްޔޮސް ޔެރަޕެތްރީތިސް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

‏‎ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.

ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަނިކުފާނަށާއި ގްރީސް ސަރުކާރަށާއި ރައްޔިތުންނަށް، ގްރީސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމުގެ ޝަރަފު އަޅުގަނޑު ލިބިގަންނަމެވެ.

އަޅުގަނޑުގެ އުއްމީދަކީ ކުރިއަށް އޮތް އަހަރުތަކުގައި މަނިކުފާނާ ގުޅިގެން ދިވެހިރާއްޖެ އާއި ގްރީސް އާ ދެމެދު އޮތް ގުޅުން ކުރިއަށް އޮތް އަހަތަރުތަކުގައި އިތުރަށް ބަދަހިކުރުަމަށް މަސައްކަތްކުރުމެވެ،

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ."