logo
banner image
ޞިއްޙީ ވުޒާރާ

ކ.ހިއްމަފުށި ޞިއްޙީމަރުކަޒުގެ އައު އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ކ.ހިއްމަފުށި ޞިއްޙީމަރުކަޒުގެ އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި.

ޞިއްޙީ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޝަރީފް އެވެ. އެމްޓީސީސީގެ ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އަހްމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފް އެވެ. އަރިހުގައި ދާޢިރާގެ އިއްޒަތްތެރި މެމްބަރ ޑރ. އަނާރާ ނަޢީމް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި މަޝްރުޢޫގެ ދަށުން ނާސް ސްޓޭޝަނާއި، 04 އެނދުގެ 02 ވާޑަކާއި، 02 ޕްރައިވެޓް ރޫމް، ޕްރޮސީޖަރ ރޫމްގެ އިތުރުން ލެބޯޓްރީ އަދި ގަރާޖު، ޖެނެރަލް އަދި މެޑިކަލް ސްޓޯ ރޫމްސް އާއި އެކްސްރޭ ރޫމް އަދި ލޯންޑްރީ ރޫމް ޤާއިމުކުރެވިގެންދާނެ އެވެ.

ޖުމްލު 360 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކުރެވުނު މި މަޝްރުޢޫގެ އަގަކީ 11.2 މިލިއަން ރުފިޔާ އެވެ.