logo
banner image
ޞިއްޙީ ވުޒާރާ

ކޮލެޓީގެ މައްސަލައެއް ދިމާވެފައިވާތީ އަލެގްރާގެ ތިން ބެޗެއް މަނާކޮށްފި

އަލެގްރާ ބޭހުގެ ބައެއް ބެޗުތަކުން ކޮލިޓީ މައްސަލައެއް ފާހަގަވެފައިވާތީ އެ ބޭސް އެތެރެކުރުމާއި ވިއްކުމާ އަދި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އާއްމުކުރި އިއުލާންގައި ބުނެފައިވަނީ ރާއްޖެ އެތެރެކޮށް ބޭނުން ކުރަމުންގެންދާ އަލެގްރާ ބޭހުގެ 03 ބެޗަކުން ކޮލިޓީ މައްސަލަތަކެއް ދިމާވެފައިވާކަމަށް އެ ބޭސް އުފައްދާފައިވާ ކުންފުނިން އެލާރޓް ކޮށްފައިވާ ކަމަށެވެ.

ބޭހުގެ ކޮލެޓީގެ މައްސަލަ އުޅޭ ބެޗްތަކަކީ:

AL1223019,

AL1223029,

AL1223060

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ މަނާ ކޮށްފައިވާ މިބޭހުގެ ބެޗްތައް، ފާރމަސީ، ބޭސް ގުދަނެއް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި ހުރި ނަމަ އެކަން އެ އޮތޯރިޓީގެ އީމެއިލް [email protected] މެދުވެރިކޮށް އެންގެވުމަށް އިލްތިލާސްކޮށްފައެވެ.

އަދި އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 ފޯނަށް ގުޅުއްވުމަށް ވަނީ އަންގާފައެވެ.