ތިނަދޫ ސިޓީގެ މަގުހެދުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފަށައިފި
ތިނަދޫ މަގުހެދުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މި މަޝްރޫޢުގެ ދަށުން ތިނަދޫ ސިޓީގެ 50 މަގު (19.3 ކިލޯމީޓަރ) ގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. މި މަޝްރޫޢުގެ މުއްދަތަކީ 1440 ދުވަހެވެ.
ތިނަދޫ ސިޓީގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފަށާފައި ވަނީ މާރިޗު 23، 2026 ވަނަ ދުވަހުއެވެ. މި މަޝްރޫޢު ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ.
މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާތަކުގެ މެންބަރުންނާއި، ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޡީމުގެ އިތުރުން މަޝްރޫޢު ހިންގާ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
