logo
banner image

ތިނަދޫ ސިޓީގައި 50 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

ތިނަދޫ ސިޓީގައި 50 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ހިންގާ މި މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ، ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް އެވެ.

މި މަޝްރޫޢުގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރީގެ 50 ހައުސިންގ ޔުނިޓެވެ. މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ތިނަދޫ ސިޓީގައި 50 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާތަކުގެ ޢިއްޒަތްތެރި މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މީގެއިތުރުން، ތިނަދޫ ސިޓީގައި މިހާރު އިމާރާތްކޮށްފައިވާ 200 ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަވެފައިވާއިރު، ޖުމްލަ 1022 ފަރާތަކުން ވަނީ އެޕްލިކޭޝަން ހުށަހަޅާފައެވެ. އަދި މި އެޕްލިކޭޝަންތައް އިވަލުއޭޓް ކުރުމުގެ މަސައްކަތް މިނިސްޓްރީން މިހާރު ކުރަމުންދާއިރު، އެޕްލިކޭޝަންތައް އިވަލުއޭޓުކޮށް ނިމުމުން، ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތައް ކަނޑައަޅައި، އެކަން މިނިސްޓްރީއިން އާންމުކޮށް އިއުލާނުކުރާނެއެވެ.