ބިންވެރިޔާ ޚާއްސަ ސްކީމުގެ ދަށުން ގޯއްޗަށް ހުށަހެޅުމަށް 1 އެޕްރީލްގައި ހުޅުވާލަނީ
އުސޫލު ނަންބަރ 4-ޖީ/2026 ގެ ދަށުން ބިންވެރިޔާ ޚާއްޞަ ސްކީމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާ ތާރީޚް 01 އެޕްރީލް 2026 ވަނަ ދުވަހުގެ 11:00 އަށް ފަސްކޮށްފިއެވެ.
މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅުއްވާނީ https://boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށެވެ.
މި އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ ރަސްމާލެއިން، 1250 (ބާރަސަތޭކަ ފަންސާސް) އަކަފޫޓުގެ ގޯއްޗެވެ.
މި އުސޫލުގައި ހިމެނޭ މައި ކެޓަގަރީތަކަކީ:
- ކެޓަގަރީ-1، ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތައް
- ކެޓަގަރީ–2، ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފުލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު ފަރާތްތައް
މި އުސޫލާ ގުޅޭ އިތުރު މަޢުލޫމާތު މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 4004860, 4004861, 4004862, 4004863, 4004864 ނުވަތަ 4004865 ގުޅުއްވައިގެން ނުވަތަ މިނިސްޓްރީގައި ޤާއިމްކޮށްފައިވާ ހެލްޕް ޑެސްކުން ލިބިވަޑައިގަންނަވާނެއެވެ.
