logo
banner image

ސަރުކާރުގެ ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ހުޅުމާލެ ފޭސް 3 ގައި ޢިމާރާތްކުރާ 1224 ހައުސިންގ ޔުނިޓުގެ އަމަލީ މަސައްކަތް ފަށައިފި

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް ގެ ސަބްސިޑަރީއެއް ކަމުގައިވާ ބީއެމްއެލް އެފޯޑަބަލް ލީސިންގ ޕްރައިވެޓް ލިމިޓެޑްއާ ޙަވާލުކޮށްގެން ހުޅުމާލެ ފޭސް-3 ގައި ޢިމާރާތްކުރާ 1224 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް 2026، މާރިޗު 21 ގައި ފަށައިފިއެވެ.

ހުޅުމާލެ ފޭސް-3 ގައި ޢިމާރާތްކުރާ މި މަޝްރޫޢުގެ ކޮންޓްރެކްޓަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ، ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީ.އެމް.އީ.ސީ) އާއެވެ.

ބީއެމްއެލް އެފޯޑަބަލް ލީސިންގ ޕްރައިވެޓް ލިމިޓެޑްއާ ޙަވާލުކޮށްގެން ޙަވާލުކޮށްގެން ހުޅުމާލެ އާއި ވިލިމާލޭގައި ޖުމްލަ 3260 ހައުސިންގ ޔުނިޓުގެ ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ.

އެއީ:

  • ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީ.އެމް.އީ.ސީ) އާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް 3 ގައި ޤާއިމްކުރާ 1224 ގެ ހައުސިންގ ޔުނިޓު
  • ބެއިންޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީ.ޔޫ.ސީ.ޖީ)އާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް 3 ގައި ޤާމްކުރާ 1190 ހައުސިންގ ޔުނިޓު
  • އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ހުޅުމާލެ ފޭސް 1 ގައި ޤާއިމުކުރާ 364 ހައުސިންގ ޔުނިޓު
  • އެފް ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް 1 ގައި ޤާއިކުރާ 182 ހައުސިންގ ޔުނިޓު
  • ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްގެން ވިލިމާލޭގައި ޤާއިމުކުރާ 300 ހައުސިންގ ޔުނިޓު

މުޅި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 2028 ގެ އޮގަސްޓު މަހުގެ ނިޔަލަށެވެ.