logo
banner image

ޖަޕާނު ކުންފުނިތަކުގެ ބައިވެރިވުން ހޯދުމަށް ޖަޕާނު އެމްބަސީއާއެކު މިފްކޯއިން މަޝްވަރާކޮށްފި

މިފްކޯގެ އުފެއްދުންތަކަށް ވެލިޔު އެޑް ކުރުމުގަޔާއި، މެރިކަލްޗަރގެ ސިނާޢަތް ޤާއިމުކުރުމަށް މިފްކޯއިން ފަށާފައިވާ މަސައްކަތުގައި، ޖަޕާނު ކުންފުނިތަކުގެ ބައިވެރިވުން ހޯދުމުގައި، ޖަޕާނު އެމްބަސީގެ ބައިވެރިވުމާއި އެއްބާރުލުން ހޯދުމަށް މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ކުރިއަށްގެންދިޔައީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯއަށް މިފްކޯއިން މިހާރު ކުރަމުންދާ ޒިޔާރަތުގައި ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ކުރި ޒިޔާރަތުގައެވެ.

މި މަޝްވަރާގައި، ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީ ހިންގުމާ ޙަވާލުވެޑައިގެން ހުންނެވި ޑެޕިޔުޓީ އެމްބެސެޑަރ އަޙްމަދު ޢާދިލާއި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ޙައްވާ ސަމްޙާ ބައިވެރިވެވަޑައިގަތެވެ.

މިފްކޯގެ އުފެއްދުންތަކަށް ވެލިޔު އެޑް ކުރުމުގަޔާއި، މެރިކަލްޗަރގެ ސިނާޢަތް ޤާއިމުކުރުމަށް މިފްކޯއިން ކުރިއަށްގެންދާ މަސައްކަތުގައި

ޖަޕާނު އެމްބަސީގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އެމްބަސީގެ އިސްބޭފުޅުން ވަނީ ދެއްވަފައެވެ.