އިސްރަށްވެހިންގެ ޚާއްސަ ރޯދަ ވީއްލުމެއް ކުރިއަށް ގެންގޮސްފި
މި ވުޒާރާއިން އުރީދޫ އަދި އެޗްޑީސީއާއި ގުޅިގެން އިސްރަށްވެހިންގެ ޚާއްސަ ރޯދަ ވީއްލުމެއް ކުރިއަށް ގެންގޮސްފިއެވެ.
މިއީ އިސްރަށްވެހިން އެއްތަނަކަށް އެއްވެ އުފާވެރި މާޙައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ރޯދަ ވީއްލުމުގައި އިސްރަށްވެހިންގެ ނާދީގެ މެންބަރުންނާއި ހިޔާ ސަރަހައްދުގެ އިސްރަށްވެހިން ވަނީ ބައިވެރިވެފައެވެ.
ގިނަ އަދަދެއްގެ އިސްރަށްވެހިން ވަނީ މި ހަރަކާތުގައި ބައިވެރިވެ، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައެވެ. އަދި އިސްރަށްވެހިންގެ އިޖުތިމާޢީ ގުޅުންތައް އިތުރަށް ބަދަހިކޮށްދިނުމަށްޓަކައި މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަކީ އިސްރަށްވެހިންގެ ނާދީއިން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.
މި ހަރަކާތް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށް އުރީދޫ އަދި އެޗްޑީސީއިން ވެދެއްވި ދީލަތި އެހީތެރިކަން ފާހަގަކޮށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަމެވެ.
