"ގޯތިގެދޮރު" ޕުރޮގުރާމުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބާންޑާރަ ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ޕްރޮގްރާމުގެ ތެރެއިން އަނބިމީހާ/ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް, ގޯއްޗަށް ހުށަހެޅޭ ގޮތަށް ކުރިއަށްގެންދާ "ގޯތިގެދޮރު" ޕްރޮގްރާމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
އުސޫލު ނަންބަރު 5-ޖީ/2026 ("ގޯތިގެދޮރު" ޕުރޮގުރާމުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބާންޑާރަ ގޯތި ދޫކުރުމުގެ އުސޫލު)ގެ ދަށުން ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާފައިވަނީ 8 މާރިޗު 2026 ވަނަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން 30 އެޕްރީލު 2026 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ނިޔަލަށެވެ. މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅުއްވާނީ boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށެވެ.
މި އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ ރަސްމާލެއިން، 1250 (ބާރަސަތޭކަ ފަންސާސް) އަކަފޫޓުގެ ގޯއްޗެވެ.
މި އުސޫލުގައި ހިމެނޭ މައިގަނޑު 2 ކެޓަގަރީ:
ކެޓަގަރީ 1: މާލޭ ރަށްވެހިން
ކެޓަގަރީ 2: މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިން
މި ސްކީމާ ގުޅޭ އިތުރު މައުލޫމާތު މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 4004860, 4004861, 4004862, 4004863, 4004864 ,4004865 ގުޅުއްވައިގެން ނުވަތަ މިނިސްޓްރީއަށް މެއިލް ([email protected]) ހުށަހަޅުއްވައިގެންވެސް ސާފުކުރެއްވޭނެއެވެ.
