ޕޮލިސް ބޭސިކް ކޯހުގެ ދަރިވަރުންނަށް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަނުން، 8ވަނަ ޕޮލިސް ސްޕެޝަލް ކޮންސްޓަބިއުލަރީ ބޭސިކް ކޯހުގެ ދަރިވަރުންނަށް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފިއެވެ.
ތިނަދޫ ސިޓީ ޕޮލިސް ސްޓޭޝަނުގައި ބޭއްވި މި ސެޝަނުގައި އެ ކޯހުގެ 17 ދަރިވަރުން ބައިވެރިވިއެވެ. މި ސެޝަނުގައި ފަޔަރ އެވެއަރނަސް ތިއަރީ ކުލާސްތަކާއި ޕްރެކްޓިކަލް ކުލާސްތައް ވަނީ ކުރިއަށްގެންގޮސްފައެވެ.
މިގޮތުން އަލިފާނުގެ ހާދިސާތައް ދިމާވާން މެދުވެރިވާ ސަބަބުތަކާއި، ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުގައި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން ކިޔަވައިދިނުމުގެ އިތުރުން، އަލިފާން ނިއްވުމަށް އާންމުކޮށް ބޭނުންކުރާ އާލާތްތަކާ ބެހޭގޮތުން މަޢުލޫމާތު ދީ، އެތަކެތި އަމަލީ ގޮތުން ބޭނުން ކުރާނެ ގޮތްތައް ދަސްކޮށްދީފައިވެއެވެ.
މި ސެޝަނުގައި މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުންނެވެ.
