"އެލިއާ"އިން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް 3 ސައިކަލާއި ރެސްކިޔު ޓޫލްސް ހަދިޔާކޮށްފި
މިކަމަށް ޓަކައި ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި، "އެލިއާ"ގެ ފަރާތުން މި ތަކެތި ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ، އަލާއު ޢަލީއެވެ. މި ތަކެއްޗާ އެމްއެންޑީއެފްގެ ފަރާތުން ހަވާލުވެލެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
މި ތަކެއްޗަކީ، އެފްއާރުއެސްއިން ހިންގާ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް "އެލިއާ"ގެ ފަރާތުން ހަދިޔާކުރި ތަކެއްޗެވެ.
މިއަދުގެ ރަސްމިއްޔާތުގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި، ޖެނެރަލް އޮފިސަރުންނާއި، "އެލިއާ"ގެ ޖެނެރަލް މެނޭޖަރ، އަޙްމަދު ސަޢީދު ބައިވެރިވެލެއްވިއެވެ.
