logo
banner image

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ކެމްޕަހެއް، ބ.އޭދަފުށީގައި ބިނާކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވުމުގެ ގޮތުން، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު، ޑރ.ޢަލީ ހައިދަރު އަޙްމަދު ވަނީ މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވައިފައެވެ.

މި މަޝްރޫޢު ޙަވާލުކުރެވިފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާއެވެ. މިފަދަ މަޝްރޫޢުތަކުގެ މައިގަނޑު މަޤްސަދަކީ ސަރުކާރުގެ މުހިއްމު އެއް ސިޔާސަތު ކަމަށްވާ އަތޮޅު ތެރޭގައި މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފުޅާކުރުމެވެ.

ބ.އޭދަފުށީގައި ބިނާކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވުމަށް ޞޭއްވުނު މި ރަސްމިއްޔާތުގައި، ވަޒީރު، ޑރ. ޢަލީ ހައިދަރު އަޙްމަދުގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ޑެޕިއުޓީ ވައިސް ޗާންސެލަރ، ޢަބްދުލް ރަޙްމާން މުބާރިކް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވައިފައެވެ.