logo
banner image

"ދައުލަތުގެ އޮފީސްތަކުން ކުރިޔަށްގެންދާ ޕްރޮކިއުމަންޓުތަކުގައި ވަކިވަކި ފަރާތްތަކާއި ދާއިރާތަކަށް އިސްކަންދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު"

މި ލިއުމުގެ މި ގެނެސްދެނީ، މި ލިއުމުގެ މި ގެނެސްދެނީ، "ދައުލަތުގެ އޮފީސްތަކުން ކުރިޔަށްގެންދާ ޕްރޮކިއުމަންޓުތަކުގައި ވަކިވަކި ފަރާތްތަކާއި ދާއިރާތަކަށް އިސްކަންދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.

މި ލިއުމުގައި ގެނެސްދޭނީ މި އުސޫލުގެ މާއްދާތައް ވަކިވަކިންނެވެ. އެގޮތުން މި ލިއުމުގައި މި ހިމަނާލަނީ މި އުސޫލުގެ 6 ވަނަ މާއްދާ އެވެ.

6. މި އުސޫލަށް ޢަމަލުކުރުން އިސްތިސްނާވާ ހާލަތްތައް

މި އުސޫލަށް ޢަމަލުކުރުމުގައި، އަންނަނިވި ހާލަތްތައް އިސްތިސްނާވާނެއެވެ.

(ހ) ލޯނާއި ގްރާންޓުގެ ގޮތުގައި ލިބޭ ފައިސާއިން ކުރިޔަށްގެންދަން ނިންމައިފައިވާ ޕްރޮކިއުންޓްތަކުގައި، އެ ލޯނު ނުވަތަ ގްރާންޓް ދޭ ފަރާތުގެ ޕްރޮކިއުމަންޓަށް ޢަމަލުކުރުމަށް ލާޒިމުކުރާ ޕްރޮކިއުމަންޓްތައް.

(ށ) ޤާނޫނު ނަންބަރު 18/2014 ( ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ދެ ވަނަ ބާބުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ހަވާލުކުރާ ޕްރޮކިއުމަންޓުތައް.

(ނ) ފަންނީ އިކުއިޕްމެންޓާއި އެއާ ގުޅޭ ތަކެއްޗާއި، ފަންނީ ޚިދުމަތާއި މަސައްކަތް އަދި ހާއްސަ ލައިސަންސް ފަދަ ތަކެތި އެ ތަކެތި އުފައްދާފައިވާ ފަރާތް ނުވަތަ ސޯލް ނުވަތަ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ މެދުވެރިކޮށް ހޯދުމަށް ކުރިއަށް ގެންދެވޭ ޕްރޮކިއުމަންޓުތައް.

(ރ) ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ކުރިއަށް ގެންދާ ޕްރޮކިއުމަންޓުތައް.